Advertisement
ބާޒާރުމަތީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން... ފޮޓޯ: އެމްޓީސީސީ

ބާޒާރުމަތީ މަގުގެ 48 މީޓަރު ސަރަހައްދެއް ޝީޓްޕައިލް ކުރެވިއްޖެ: އެމްޓީސީސީ

މާލޭ ބާޒާރުމަތީ މަގުހެދުމަށް މިހާރު ކުރިއަށްގެންދާ ފިޔަވަހީގެ ދަށުން 48 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ވަނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގޮސްފައިވާ އެންމެފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ، ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.

Advertisement

އެމްޓީސީސީން ބުނީ ޝީޓްޕައިލްކޮށް އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން އެއްގަމުތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަން އެމްޓިސީސީން ފާހަގަކުރިއެވެ.

ބާޒާރުމަތީ މަގުހެދުމުގެ މަސައްކަތް ކުރިއަށްދަނީ.—–

މި މަޝްރޫޢުގެ ދަށުން ޕޭމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެހިސާބުގައި އަޅަންޖެހޭ ފެންހޮޅި އެޅުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ބާޒާރުމަތީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މަގު 4 ލޭނަށް ފުޅާކޮށް ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން ނޯތް ހާބަރު ސަރަހައްދާ ހަމަޔަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް