Advertisement

ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގައި އެސްވީއެފްއާރު ބޭނުންކުރަނީ!

އިންޑިއާގެ އުތުރުން އަންނަ ނުސާފު ވައި ރާއްޖެ ސަރަހައްދަށް ޖަމާވުމުގެ ސަބަބުން، ވައިގެ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަޅައިފި އެވެ.

އިންޑިއާ އިން އަންނަ ނުސާފު ވައި ރާއްޖެ ސަރަހައްދަށް ޖަމާވެ، ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ވެސް ބުރޫއަރަން ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

Advertisement

އެމްއެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެ ނަމަ ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، އެ ކުންފުނީގެ މައްޗަށް ލާޒިކުރާ ކަމެއް ކަމަށެވެ.

އޭގެ ތެރެއިން އެއް ފިޔަވަޅަކީ، އެ ބަޔާނުގައި ބުނި ގޮތުގައި، ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުމެވެ.

އެގޮތުން ދުރުފެންނަ މިންވަރު ފަސް ކިލޯމީޓަރަށް ވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރަށް ބަދަލުކޮށް، ދަތުރުކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މީގެ ކުރިން ވެސް އަމަލުކާ އުސޫލުކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

“މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ބައެއް ފަހަރު ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު އަންނަނީ ބޭނުންކުރެވެމުންނެވެ،” ބަޔާނުގައި ބުންޏެވެ.

އެމްއޭސީއެލުން ވަނީ، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އައިކުއޭ އެއާގެ ރެކޯޑްތައް ދައްކާ ގޮތުގައި، މިދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ނުސާފުވެފަ އެވެ. މިދިޔަ މަހެއްހާ ދުވަހު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ އެވްރެޖުކޮށް ހުރީ 63 – 172 އާ ދެމެދުގަ އެވެ.

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި