ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާ 30 ޑިސެންބަރުގައި އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ފޮތުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފިއެވެ.

މިއަދު މާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަށް ވަޑައިގެން ތައުޒިޔާގެ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ޝާހިދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ ހަނދާނުގައި ބަންގްލަދޭޝް ހައިކޮމިޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ފޮތުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.
ޝާހިދުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މާތް الله އެކަމަނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، މި ފުން ހިތާމައިގެ ވަގުތުގައި އެކަމަނާގެ އާއިލާއަށާއި ބަންގްލަދޭޝްގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށެވެ.
Signed the condolence book at the High Commission of Bangladesh, paying tribute to the memory of former Prime Minister Begum Khaleda Zia.
May Allah SWT grant her eternal peace in Jannatul Firdaus, and give strength to her family and the people of Bangladesh as they mourn this… pic.twitter.com/D59boJevXC
— Abdulla Shahid (@abdulla_shahid) January 7, 2026
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ދިވެހިރާއްޖޭގެ ސިޔާސީ އިސް ބޭފުޅުންނާއި އާންމުން ދަނީ އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުވަމުންނެވެ. ބަންގްލަދޭޝް އަކީ ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެއެވެ.


ކިޔުންތެރިންގެ ހިޔާލު