Advertisement

އައިޖީއެމްއެޗުން ހޯމްނާސިން ކެއާގެ ހިދުމަތް ފަށަނީ

އައިޖީއެމްއެޗުން ހޯމްނާސިން ކެއާގެ ހިދުމަތް ފަށަން ފަސް ސައިކަލު ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ އަލަށް ތައާރަފުކުރާ ހޯމް ނާސިން ކެއާގެ ހިދުމަތް ދިނުމަށާއި ހޮސްޕިޓަލުން އެކިއެކި ދަތުރުތަކުގައި ބޭނުންކުރަން ފަސް ސައިކަލު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ.

Advertisement

ގޭގެއަށް ގޮސް ބަލި މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ އިއުލާނުގައި ބުންޏަސް އެ ހިދުމަތް ފަށާނެ ތާރީހެއް ނުބުނެ އެވެ. އެކަމާ ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

އެ އިއުލާނުގައި ވަނީ ސައިކަލު ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ބީލަން ހުށަހެޅުން އޮތީ މިމަހުގެ 14 ވަަނަ ދުވަހު 11:00 ގައި އައިޖީއެމްއެޗުގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގަ އެވެ.

އިއުލާނުގައި ބުނީ ބީއޯކިއުގައި ބަޔާންކުރާގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެ ކަމަށެވެ. އަދި އަގާއި މުއްދަތަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް އަދި މުއްދަތެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތަށް ޕްރޯރާޓާ އުސޫލުން ކަމަށް އެ އިއުލާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް