ސްލިމު, ޒުވާން އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު އިޝާރާތް ކުރެއްވީ، މިދިޔަ ބުދަ ދުވަހު ބަދަލުތަކެއް ގެނެސް، އާންމުކުރި، ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދަށެވެ.
އެ ގަވައިދުގައި، އަންހެން ސިވިލް ސާވަންޓުން ހެދުން އެޅުމުގެ މިންގަނޑުތައް ވަނީ ތަފުސީލުކޮށް ބަޔާންކޮށްފައެވެ. މިގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި، އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކުލަ ޖެއްސުން މަނާކޮށްފައިވެއެވެ.
Muslim jinsunlatheefunge zeenaiytheri kamaai nazaahaiytheri kan hifehettumuge namuga e baimeehunge enme zaathee kankamuge thereah dhaulathun vadhe goiy kiyaakah nujehey.
— Mohamed Nasheed (@MohamedNasheed) January 3, 2026
އެ ގަވައިދަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ. ނަމަވެސް، އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ނަޝީދު އެ ފަދައިން ވިދާޅުވިއިރު، އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިގޮތުން، ހަމައެކަނި އަންހެން ސިވިލް ސާވަންޓުންނަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމަކީ، މުވައްޒަފުންގެ އަޚުލާގާ ގުޅޭ އުސޫލެއް ނޫން ކަމަށާއި ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގޭކަން އެ ޕާޓީން ވަނީ ބުނެފައެވެ. އަދި، އެ އުސޫލުތައް އުވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު