Advertisement

ސިވިލް ސާވިސްގެ ހެދުން އެޅުމުގެ އުސޫލަކީ އަންހެނުން އެކަހެރިކުރުމަށް ހިންގާ އަމަލެއް: ދުންޔާ މައުމޫން

ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އެޅުމުގެ އުސޫލަށް ގެނެވުނު އާ ބަދަލުތަކަކީ އަންހެނުން އެކަހެރިކޮށް އިންސާނީ އަސާސީ ހައްގުތަކަށް އަރައިގަތުމަށް ހިންގާ ފާޅުކަން ބޮޑު އަމަލެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ދުންޔާ ވިދާޅުވީ، އަންހެން މުވައްޒަފުންނަށް އަމާޒުކޮށް މި އުސޫލުތައް ހަރުކަށި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement

މި ބަދަލުތަކުގެ އަސްލު މަގުސަދަކީ އަންހެނުންގެ މައްޗަށް ބާރު ފޯރުވުމާއި، ބިރުދެއްކުން ކަމަށް ދުންޏާ ތުހުމަތު ކުރެއްވިއެވެ. އަދި މީގެ ސަބަބުން އާންމު އިޖުތިމާއީ ދާއިރާތަކުންނާއި ވަޒީފާގެ މާހައުލުން އަންހެނުން އެކަހެރި ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރަށް ދުންޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ މިނިވަންކަމާއި ހައްގުތަކަށް މިފަދަ ގޮތަކަށް ހުރަސްއެޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވާއިރު، ސީއެސްސީން ވަނީ، ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ. ޚާއްޞަކޮށް އަންހެނުންގެ ހެދުން އެޅުމުގެ މިންގަނޑުތައް އިތުރަށް ހަރުކަށިކޮށް އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފްސީލް ކޮށްފައިވާއިރު ހެދުން އެޅުމުގައި ކަރުވަޅާއި، ފޫކޮޅު ނިވައި ކުރަންޖެހެެެއެެވެ.

އަދި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެކެވެ. ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނެސް އާގަވާއިދެއް އާންމުކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކޮށްފައި ވަނިކޮށްކަން ފާހަގަކުރެވެއެެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ދައުރު ހަނިވެދާނެ ފަދަ އެއްވެސް ނިންމުމެއް ނުނިންމުމަށް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

H Hawwa
Oriyaamun dhaanvy nun kyhkuran thi varah ves thi ehchehi lany
މ މޫސާ
ކޮންމެ ކަމެއްވެސް ހަލާކު ކުރުމުގެ ވިސްނުން މައުމޫނުގެ ދަރިންގެ ހުރީ

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް