Advertisement

ކައުންސިލް އިންތިޚާބް: ކެންޑިޑެންސީ ފޯމް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް

އޭޕްރީލްމަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން ބުނީ މި ދެ އިންތިޚާބުގެ އެއްވެސް ކަރުދާސް ފޯމެއް ބަލައިނުގަންނާނެ ކަމަށާއި ފޯމްތައް ހުށަހަޅަން ޖެހޭނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ފޯމާ އެކު ހުށަހަޅާ، ކުށާއި ދަރަނީގެ ރެކޯޑް  ފޯމްތައް ވެސް އެ ޕޯޓަލްއަށް ހުށަހެޅޭނެކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

Advertisement

މީގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން، ތާއީދު އޮތްކަން ހާމަކޮށްދޭން ސޮއި ހޯދުމަށް ފަހު ހުށަހަޅަން ޖެހޭ ފޯމެއް ކުރިން އޮތް ނަމަވެސް އީސީއިން ވަނީ އެކަމަށް ވެސް ލުއި ގޮތްތަކެއް ހޯދައިފައެވެ. އެ ގޮތުން އަމިއްލަ ކެނޑިޑޭޓުން މި އިންތިޚާބުގައި ފޯމު ހުށަހެޅުމުން، އެ ކެންޑިޑޭޓުން މައުލޫމާތު ފޮނުވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ތާއީދު ކުރުމުގެ ރިކުއެސްޓް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ ކެންޑިޑެންސީ ފޯމާ އެކު ހުށަހަޅަން ޖެހޭ ކުށާއި ދަރަނީގެ ފޯމް، ޑީޖޭއޭގެ ޕޯޓަލް މެދުވެރިކޮށް އަދި ކަރެކްޝަނަލް ސަރވިސްއަށް މެއިލްކޮށްގެން ހޯދޭނެއެވެ. އަދި މީރާގެ ޓެކްސް ކްލިއަރެންސް ވެސް މީރާކަނެކްޓްއިން ނެގޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އީސީއިން ވަނީ ފޯމު ހުށަހެޅުން އޮންލައިން ނިޒާމްއަށް ބަދަލުކޮށް، http://my.elections.gov.mv މެދުވެރިކޮށް ފޯމް ހުށަހަޅާނެ ގޮތާއި އެހެނިހެން ތަފްސީލް ސިޔާސީ ޕާޓީތަކާ ހިއްސާކޮށްފައެވެ.

ރާއްޖޭގެ މައި އިންތިޚާބެއްގައި ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ މިއީ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް