Advertisement

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދު، އެ ބައެއްގެ ދާއިރާއާ ގުޅޭގޮތުން، އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި އިއްޔެ ވަނީ ސޮއިކޮއްފައެވެ. މި ފަހުމުނާމާގައި މައުމޫން ފައުންޑޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ.

Advertisement

މި ފަހުމުނާމާގެ ދަށުން އެއްބަސްވެވުނުގޮތުގައި އިސްލާމީ މަރުކަޒު ޢިމާރާތުގައި ހުރި އާބާތުރަ ފިލުވައި، އެކަށީގެންވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ޢިމާރާތަކަށް ހެދުމަށް މަޝްރޫޢެއް ރާވައި، ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދައިގެން، ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން މައުމޫން ފައުންޑޭޝަނުން އެމަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގައި ކުރިޔަށް ގެންދަވާ ދީނީ މުނާސަބާތަކުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތަޤްރީރު ކުރައްވާނެއެވެ. އަދި ރައީސް މައުމޫން ލިޔުއްވާފައިވާ ދީނީ ފޮތްތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި ޢާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މައުމޫން ފައުންޑޭޝަނުގެ ފަރާތުން ކުރިޔަށް ގެންދާ ދީނީ އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ. އަދި މައުމޫން ފައުންޑޭޝަނުގެ ޑިޖިޓަލް އާކައިވް އާއި ލައިބްރަރީ އުފެއްދުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވަނީ މި ފަހުމުނާމާގެ ދަށުން އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް