10 months ago
ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ އެ މަސައްކަތުގެ 51 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗަރގެ އެެސެމްބްލިންގ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ވޯރކްޝޮޕް އިމާރާތަކާއި ވެހިކަލް ގަރާޖެއް ހެދުމުގެ މަސައްކަތް ހިމެނޭއިރު، މިއީ 24.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.