Advertisement

މިއަދަކީ ވީއައިއޭއަށް އެންމެ ބާރުބޮޑު އެއް ދުވަސް

މިއަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި އަހަރު އެންމެ ބާރުބޮޑު ވާނެ އެއް ދުވަސްކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ވަރަށް ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެކެވެ. އަދި ވަރަށް ގިނަ ދިވެހީން ވެސް ބޭރު ގައުމުތަކަށް އެކި ބޭނުންތަކުގައި ފުރާ ދުވަސްވަރެކެވެ.

Advertisement

އެމްއޭސީއެލުގެ އޮފިޝަލަކު “ހަވާސާ”އަށް ވިދާޅުވި ގޮތުގައި މިއަދު 22،000 އެއްހައި ފަސިންޖަރުންނަށް ޚިދުމަތް ދޭނެއެވެ. އޭގެ ތެރޭގައި އުމްރާގެ އަޅުކަމަށް ފުރާ ދިވެހީންނާއި، ރާއްޖެ އަންނަ، އަދި ފުރާ ފަތުރުވެރިން ވެސް ހިމެނެއެވެ. މިއަދު މެންދުރުފަހު 14:00 އާ ހަމައަށް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިހާރު ވީއައިއޭގެ އޭޕްރަންތައް އެކި އެއާލައިންތަކުގެ ބޯޓުތަކާއެކު އޮތީ ފުރިފައެވެ. އަދި ޕްރައިވެޓް ޖެޓުތައް ވެސް ވެސް ޕާކުކޮށްފައި އެބަހުއްޓެވެ.

މިދިޔަ އަހަރުގެ ވެސް ޑިސެންބަރު ފަހުކޮޅަކީ ވީއައިއޭއަށް ވަރަށް ބާރުބޮޑުވި ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް