Advertisement

ހޯދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އިޒާމް އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަފާތު ނުވަ ފަހަރެއްގެ މަތިން ހޯދަން އިއުލާނުކޮށްގެން ވެސް ނުފެނުނު އިޒާމް ޒާހިރު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ އެވެ.

ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިޒާމް ހޯދަމުން އައީ ރޭޕްގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތަކަށް އޭނާ ހާޒިރުނުވެގެންނެވެ.

Advertisement

އެކަން ނޫސްތަކަށް އެރި ފަހުން އިޒާމް ވަނީ މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވެފަ އެވެ.

ފުލުހުން ބުނީ އިޒާމް ވަނީ އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު 30 ވަނަ ދުވަހަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް އެ އިދާރާ އިން ބުންޏެެވެ.

އޭނާ ފެނިފައި މިވަނީ އޭނާ ހޯދުމަށް އެކި ފަހަރު މަތިން އިއުލާނުކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވަމުން ނުދާތީ އެވެ.

އެ މައްސަލާގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ އިދާރާ އިން ބުނީ އިޒާމު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކޮށްގެން ވެސް ފެނިފައިނުވާ ކަމަށް ބުނެފައިވެ އެވެ.

ފުލުހުންގެ އިއުލާނުގައި ވެސް އޭނާއާ ގުޅޭ މައްސަލައިގެ ތަފްސީލެއް ނެތެވެ. އެކަަމަކު އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ ރޭޕްގެ މައްސަލައަކާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި