Advertisement
ކުރީގެ އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ -- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ

އޯޝަން ޑެކޭޑްގެ އެޑްވައިޒަރީ ބޯޑަށް ޝައުނާ

ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އިލްމު ހޯދުމަށް މަސައްކަތްކުރާ، އދ.ގެ ޑެކޭޑް އޮފް އޯޝަން ސައެންސް ފޯ ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް 2021-2030 (އޯޝަން ޑެކޭޑް)ގެ ބޯޑަށް ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އައްޔަންކޮށްފިއެވެ.

ޝައުނާ މި ބޯޑުގައި މަސައްކަތްކުރައްވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31، 2027ގެ ނިޔަލަށް ކަމަށް ޔުނެސްކޯއިން ބުނެފައިވެއެވެ.

Advertisement

އެ ބޯޑަށް ޔުނެސްކޯއިން އައްޔަންކޮށްފައިވަނީ އެކި ގައުމުތަކަށް ނިސްބަތްވާ، ކަނޑާ ބެހޭ 10 ތަޖުރިބާކާރުންނެވެ. އެ ބޯޑުގައި ދެ ޗެއާމަނުން ހިމެނެއެވެ. އެއީ އޮސްޓްރޭލިއާގެ އިންޓަގްރޭޓެޑް މެރިން އޮބްޒާވިން ސިސްޓަމްގެ ޑިރެކްޓަރު ޑރ. މިޝެލް ހިއުޕެލްއާއި ޔުނިވާސިޓީ އޮފް ވެސްޓް އިންޑީސްގެ އެންވަޔަރަމެންޓަލް ޖޯގްރަފީ ޕްރޮފެސަރު ޑރ. ޑޮނޮވަން ކޭމްޕްބެލްއެވެ.

މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުރިއަށް އޮތް އަހަރުތަކުގައި އޯޝަން ޑެކޭޑްގެ މަގްސަދުތައް ތަންފީޒުކުރުމުގައި ލަފާ ދިނުމެވެ. އެގޮތުން، ވަސީލަތްތައް ބޭނުންކުރަންވީ ގޮތާއި އެކި ސަރަހައްދުތަކާއި ގްރޫޕްތައް ތަމްސީލު ކުރުވުމުގައި މި ބޯޑުން ޔުނެސްކޯއަށް ލަފާ ދޭނެއެވެ.

ޝައުނާ ހިމެނިވަޑައިގަންނަވާ ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ އަންނަ ޖަނަވަރީ މަހުގައެވެ.

ޝައުނާއަކީ ތިމާވެށްޓާ ގުޅޭ އެކި ކަންކަމުގައި ވަކާލާތުކުރައްވާ، އޭނާގެ މިނިސްޓަރުކަމުގެ ދަށުން ތިމާވެށީގެ އެކި މަޝްރޫއުތައް ކުރިއަށްގެންގޮސްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްއިން 2020 ވަނަ އަހަރު ޔަންގް ގްލޯބަލް ލީޑަރުގެ މަގާމާއި، މަޝްހޫރު މެގަޒިން ބްލޫމްބާގް އިން ދޭ “ނިއު އިކޮނޮމީ ކެޓަލިސްޓް” މަގާމު 2023ގައި ހޯދައިފައެވެ.

ޝައުނާވަނީ ޕޮލިޓިކަލް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އަދި އިކޮނޮމިކްސްގެ ދާއިރާއިން ވެސްޓްމިންސްޓާ ކޮލެޖުން ޑިގްރީ ހާސިލް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް