Advertisement
ކޯސްޓު ގާޑު އުޅަނދެއް ހަރަކާތްތެރިވަނީ

ބިދޭސީ ފިރިހެނަކު ގުޅީފަޅު ކައިރިން މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement

“ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރު ފުލުހުންނަށް ލިބިފައިވޭ. މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައި,” ފުލުހުން ބުންޏެވެ.

އެންމެ ފުރަތަމަ މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ ބެލެވޭ ގޮތުގައި އެއީ ބާޖަކުން މޫދަށް ވެއްޓުނު މީހެއް ކަމަށެވެ. ނަމަވެސް ފަހުން އެ މެސެޖު ޑިލީޓު ކުރުމަށް ފަހު އަލުން ފޮނުވި މެސެޖުގައި އެބައި ހިމަނާފައި ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް