Advertisement
ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު ދުއްވާ އެމްޓީސީސީގެ ފެރީ -- ފޮޓޯ: ކިޔުންތެރިއެއް

ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު ދުއްވާ ފެރީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަހަކަށްވުރެ ގިނަދުވަސް!

ދަތުރުފަތުރުގެ ނިޒާމުގެ ދަށުން މުޅި ރާއްޖެ ގުޅުވައިލުމަށް މިދިޔަ ސަރުކާރުން ތައާރަފުކުރި އާރްޓީއެލް ފެރީ ނިޒާމުގެ ދަށުން ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު ދުއްވާ ފެރީ ދަތުރުތައް ހުއްޓިފައި އޮންނަތާ މަސްދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު ދުއްވާ އާރްޓީއެލް ފެރީގެ ހިދުމަތް އެންމެފަހުން ދީފައި ވަނީ ލ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ އަތޮޅަށް ތ. އަތޮޅުން މީހުން ގެންދިޔުމަށް ކަމަށް ތ. އަތޮޅު މީހަކު މި ނޫހަށް ބުންޏެވެ.

Advertisement

އެކަމާ ގުޅިގެން އެމްޓީސީސީގެ ލ. އަތޮޅު ބްރާންޗުގެ މެނޭޖަރަށް ގުޅުމުން އޭނާ ވިދާޅުވީ ފެރީގެ ހިދުމަތް ހުއްޓިފައި އޮތީ އިންޖީނުގެ މައްސަލައެއް ޖެހިގެން ކަމަށެވެ.

“އިންޖީނުގެ މައްސަލައެއް ޖެހިގެން [ހުއްޓިފައި އޮތީ]، ތ. [އަތޮޅާއި] ލ. [އަތޮޅާ] މި ދޭތެރޭގައި ދުއްވާ އެތި، ދެން ކޮންމެ އަތޮޅެއްގައި ވެސް އޮންނާނެ އަތޮޅު ތެރޭގައި ދުއްވާ އެއްޗެހިތަކެއް، އެ އެއްޗެހީގެ އޮޕަރޭޝަން އެބަ ކުރިއަށްދޭ،” އޭނާ ވިދާޅުވި އެވެ.

ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު ދުއްވާ ފެރީގެ ހިދުމަތް މިހާ ގިނަ ދުވަހު ހުއްޓިފައި އޮތީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރަން ބޭނުންވާ ސްޕެއާ ރާއްޖެއިން ލިބެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

“މާދަމާ މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ، [މިހާ ލަސްވީ] އެއީ އިންޖީނަށް ދިމާވި މައްސަލައަށް ބޭނުންވާ ސްޕެއާ ރާއްޖެއިން ނުލިބިގެން ރާއްޖެއިން ބޭރުން ގެންނަން ޖެހުނީ، އޭނާ ބުންޏެވެ.

އެ ފެރީއަކީ ތ. އަތޮޅުގެ ގިނަ ރަށްތަކުގެ ރައްޔިތުން ލ. ގަމަށް ދިޔުމަށް ބޭނުންކުރާ ފެރީ އެވެ. އެ ސަރަހައްދުގައި ހުންނަ އެންމެ ގިނަ ހިދުމަތް ލިބޭ ހޮސްޕިޓަލް ކަމަށްވާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގިނަ ރައްޔިތުންތަކެއް ތ. އަތޮޅުން ދަތުރުކުރެ އެވެ.

ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު ދުއްވާ އާރްޓީއެލް ފެރީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަސްދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގެ އާރްޓީއެލް ދަތުރުތައް ވެސް ގަވާއިދުން ނުކުރާ މައްސަލައިގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް