Advertisement
ހުޅުމާލޭގައި އެޗްޑީސީން އުސްކޮށް ބެހެއްޓި ސްޕީޑް ބަމްޕްތައް (ފޮޓޯ/ އެޗްޑީސީ)

ޑޮކްޓަރުންގެ ލަފަޔާއެކު އާއްމުންނަށް އުނދަގޫވި ބަންޕަރުތައް ނަގައިފި

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ހަރުކުރި ބަމްޕަރުތައް، ޑޮކްޓަރުންގެ ލަފާގެ މަތިން އެޗްޑީސީން ނަގައިފިއެވެ.

ހުޅުމާލޭގެ މައި މަގު، ނިރޮޅު މަގުގައި ހަރުކުރި މި ބަމްޕަރުތަކާއި ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑުވިއެވެ. އެނގިފައިވާ ގޮތުގައި މި ބަމްޕަރުތައް ރޭ ނަގައިފައިވަނީ އާންމުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޚާއްސަކޮށް ސިއްހީ ގޮތުން ކުރިމަތިވި މައްސަލަތަކަށް ބެލުމަށްފަހު ފުލުހުންގެ އެދުމުގެ މަތިންނެވެ.

Advertisement

މި ބަންޕަރުތައް ހަރުކުރިފަހުން އާއްމުންގެ ފަރާތުން އެންމެ ބޮޑު ޝަކުވާއެއް ކުރިމަތިވީ ބުރަކައްޓަށް ތަދުއެރުން ކަހަލަ ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ. ޚާއްސަކޮށް ދުއްވާއެއްޗެހީގައި ދަތުރުކުރާ މީހުންނަށް، ސްޕީޑް ބްރޭކަރުތަކުގެ ސަބަބުން ލިބޭ ޝޮކްގެ ސަބަބުން މިފަދަ އުނދަގޫތައް ކުރިމަތިވާ ކަމަށް ޝަކުވާތައް ބުނެއެވެ.

މީގެ އިތުރުން، ސައިކަލުފަދަ އުޅަނދުތަކަށް ގެއްލުންވުން ވެސް އެއީ އާއްމުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމެކެވެ. މި މައްސަލަތައް އިތުރުވުމާ ގުޅިގެން، ބަންޕަރުތައް ނެގުމަށް ޑޮކްޓަރުން ކުރިން ވެސް ލަފާދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ބަމްޕަރުތައް ނެގިނަމަވެސް އެކަމާއި ގުޅިގެން އެޗްޑީސީ އަދި ފުލުހުން ވެސް ރަސްމީގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް