Advertisement

އައިޖީއެމްއެޗް ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މައްސަލައެއް، ސީސީޓީވީ ފުޓެޖާއެކު ހުށަހަޅައިފި

ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ނަރުހުންގެ ސްޓޭޝަނަކުން ވައްކަން ކުރި މައްސަލައެއް، ސީސީޓީވީ ފުޓެޖާއެކު ފުލުހަށް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުން، ވައްކަމުގެ ތުހުމަތުގައި 37 އަހަރުގެ ފިރިހެނަކު އިއްޔެ ވަނީ އެ ކޯޓަށް ހާޒިރުކޮށްފައެވެ.

Advertisement

އެ މީހާގެ މައްޗަށް ކުރަނީ، އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރުމުގެ ތުހުމަތު ކަމަށް ކޯޓު އަމުރުގައިވެއެވެ. ނަމަވެސް އޭނާ ވައްކަން ކުރީ ކޮން ދުވަހަކު ކަމާއި، ވަގަށް ނަގައިފައިވަނީ ކޮން އެއްޗެއް ކަމެއް އަމުރުގައި ބަޔާންކޮށްފައިނުވެއެވެ.

އެ މީހާއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ސީސީޓީވީ ފުޓެޖް ސްނެޕްޝޮޓާއި، މައްސަލަ ހުށަހެޅި މީހާގެ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެ އަމުރުގައި ވަނީ އެ މީހާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި އޭނާ ވަކީލަކު އައްޔަން ކުރަން ބޭނުން ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާއަށް ވަކީލަކު އައްޔަންކުރަން ފުރުސަތު ދީ، އޭނާގެ ބަންދަށް އިއްޔެ ޖަހައިފައިވަނީ ފަސް ދުވަހެވެ.

އައިޖީއެމްއެޗުން ތަކެތި ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. ވައްކަން ކުރުމާއި އެފަދަ އެހެން ސަބަބުތަކާ ހެދި، ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ވެސް ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް