ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދެމުން އަންނަ, ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް, ނުވަތަ “ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު” ވިދިވިދިގެން ހަ ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
ރާއްޖެއަށް ހަވަނަ ފަހަރަށް މި ޝަރަފް ދީފައި ވަނީ, އިއްޔެ ބަހުރެއިންގައި ބޭއްވި 32 ވަނަ “ވޯލްޑް ޓްރެވަލް އެވޯޑްސް”ގައެވެ.
Maldives takes the global crown once more.
Six years running as the World’s Leading Destination. Your love for our islands makes this victory shine even brighter. Thank you to visitors, partners, and friends around the world for believing in the magic of our islands. pic.twitter.com/2ykUljmf9i— Visit Maldives (@visitmaldives) December 7, 2025
މީގެ އިތުރުން ވެސް ރާއްޖެއަށް ވަނީ އެކި ކެޓަގަރީތަކުން އެވޯޑްތައް ލިބިފައެވެ. އޭގެ ތެރޭގައި
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް އެވޯޑް: ހުޅުލެ އައިލެންޑް ހޮޓެލް
- ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް
- ވޯލްޑް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް: ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި
- ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް: ވައްކަރު މޯލްޑިވްސް
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މަޝްހޫރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ގިނަ އެވޯޑްތަކެއް އަބަދުވެސް އަންނަނީ ލިބެމުންނެވެ. އަދި ރާއްޖޭގެ މަގުބޫލުކަން އަހަރަކަށް ވުރެން އަހަރެއް އަންނަނީ އިތުރުވަމުންނެވެ.
މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ. މީގެ ކުރިން, އަހަރެއް ތެރޭ ދެ މިލިއަން ފަތުރުވެރިން ހަމަވީ، މިދިޔަ އަހަރު އެކަންޏެވެ. މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.


ކިޔުންތެރިންގެ ހިޔާލު