Advertisement
ހުޅުމާލޭން ކާރެއް ޓޯކުރުން: ފުލުހުން ވަނީ ހުޅުމާލޭގައި ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދު ޓޯކުރަން ޚާއްސަ ހަރަކާތެއް ފަށައިފައި -- ފޮޓޯ/ ފުލުހުން

ހުޅުމާލޭގައި ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް ޓޯކުރަން ޚާއްސަ ހަރަކާތެއް ފަށައިފި

ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މިއީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުން ނުކުރާ އުޅަނދުތައް ޓޯކުރުމަށް ފެށި އޮޕަރޭޝަނެއް ކަމަށެވެ.

Advertisement

މިއީ މިއަދު ފެށިގެން އަންގާރަ ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަން ކުރިއަށްގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަގުތަކުގައާއި ހުސްބިންތަކުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ޓޯޔާޑު ކައިރީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް