Advertisement

ފިލްމީ ތަރި މުހައްމާއަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެނީ

ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ, މަޝްހޫރު ފިލްމީ ތަރި, މުހައްމަދު އަބްދުﷲ (މުހައްމާ)އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.

މުހައްމާގެ ގާތް މީހަކު “ހަވާސާ”އަށް މައުލޫމާތު ދިންގޮތުގައި މުހައްމާއަށް ހާޓްއެޓޭކެއް ޖެހިފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި, މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޔުނިޓްގައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

Advertisement

މުހައްމާގެ ސީދާ ހާލަތު އެނގޭނީ 24 ގަޑިއިރު ބެލުމަށް ފަހުގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މައުލޫމާތު ދިން މީހާ ބުންޏެވެ.

އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރެއްވި މުހައްމާ އެންމެ ފަހުން ހުންނެވީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމުގައެވެ. ނަމަވެސް, ފަހުން މީޑިއާ ކޮމިޝަން އުފެއްދެވުމަށް ފަހު ވަނީ އެ ކޮމިޝަން އުވާލައްވައިފައެވެ.

ޖުމްހޫރީ ޕާޓީއިން ސިޔާސީ ދާއިރާއަށް ނުކުންނެވި, މުހައްމާ ފަހުން ވަނީ އެމްޑީޕީއާ ވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް, މިހާރު އުޅުއްވަނީ މިހާރު ވެރިކަން ކުރައްވާ ޕީއެންސީގައެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައިވާ މުހައްމާއަކީ މުޅި ރާއްޖެއަށް މަޝްހޫރު ކޮމޭޑިއަންއެކެވެ. މީގެ އިތުރުން ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ވެސް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް