Advertisement
މީގެކުރިން ޑުރަގު އޮޕަރޭޝަނެއްގައި މީހުން ހައްޔަރުކޮށްގެން ގެންދަނީ: އައްޑޫގައި އެންމެ ފުޅާކޮށް، ޑުރަގު ވިޔާފަރި ކުރާ ނެޓުވޯކެއްގެ ބޮޑުން ވަނީ ހައްޔަރުކޮށްފައި --

އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކެއް ބޮޑުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތަފްސީލެއް އަދި އަދަދެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

Advertisement

އެ ނެޓްވޯކުގެ އިސް މީހުންނަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފެށީ މިދިޔަ މާޗު މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކުން 2017 އިން ފެށިގެން މަސްތުވާތަކެތި ވިޔަފާރިކުރާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރު ކޮށްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓްވޯކުގެ އިސް ފަރާތްތަކަށް ހިންގާ އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަން އަލިމަގު ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި 29 . ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރިއިރު އޭގެ ތެރެއިން ކޯޓަށް ހާޒިރުކުރި 38 މީހެއްގެ ވަނަވަރު މިދިޔަ މަހުގެ 25، ގައި ހާމަކުރި އެވެ.

އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 39 ރަށުގައި އޮޕަރޭޝަން ހިންގި އެވެ. އަދި 105 ތަނެއް ބަލައިފާސްކޮށް ނުވަ އެއްގަމު އުޅަނދާއި ކަނޑު އުޅަނދެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެ އެވެ.

އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ކުށްކުރާ ގޭންގުތަކާއި ދެކޮޅު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ގާނޫނެއް ވެސް މި ސަރުކާރުން ވަނީ ހަދާފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ބޮޑު އޮޕަރޭޝަން ގައި ގޭންގު ގާނޫނުގެ ބޭނުން ފުލުހުން ހިފާނެ އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި