ލ. ގަމުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނު ގޭގައި ރޯވެ، އެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިންޖީނުގެ އިމާރާތުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ. އެ ތަނުން ގިނަ އަދަދެއްގެ ކަޅު ދުން އަރައި، އަލިފާނުގެ ހުޅުގަނޑު ފުރާޅުން މައްޗަށް ފެންނަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ހަވާސާ ނޫހާއި ވާހަކަދައްކަވަމުން ވިދާޅުވީ އަދި ވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ލ. ކައްދޫގައި ހުންނަ ސެންޓްރަލް ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިތުރު ތަފުސީލު އަންނަނީ…


ކިޔުންތެރިންގެ ހިޔާލު