Advertisement

ކުރިޔަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭ ވެހޭނެ: މެޓް

ކުރިޔަށް އޮތް ތިން ދުވަހު، 24 ގަޑިއިރު މެދު ރާއްޖޭތެރެ އަދި އުތުރުގެ އަތޮޅުގެރަށްތަކަށް ގުގުރުމާއެއްކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެެޓް އޮފީހުގެ މީޓްރޮލޮޖިސްޓް މުހައްމަދު ޝަހުދު މިއަދު ‘ހަވާސާ’ އަށް ވިދާޅުވީ މިވަގުތު ބޯކޮށް ވާރޭވެހެމުންދާތީ ވައިޓް އެލާޓުނެރެފައި ވަނީ މެދު ރާއްޖެތެރެ އާއި އުތުރުގެ ބައެއް އަތޮޅުގެ ރަށްތަކަށް ކަމަށެވެ.

Advertisement

“އެއީ ށ. އަތޮޅުންފެށިގެން ވ. އަތޮޅަށް. އަދި ކުރިޔަށް ބޯ ވިއްސާރަ ވިލާތައް ހުރުމުން މިވަގުތު އިނީ 11:45 އަށް އަދި އިތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް. ވައިގެ ބާރުމިން އުތުރުގެ އަތޮޅުތަކަށް ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުނިމުގައި ހުންނާނެ،” ޝަހުދު ވިދާޅުވިއެވެ.

“އެއީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށާއި މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން 10 މޭލާ 20 މޭލާ ދެމެދު ބާރުމިނުގައި. ވިލާ ގަނޑުގައި 35 މޭލަށް ވައިގަދަވެގެންދާނެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަކޮށް އުޅެނީ” މީޓްރޮލޮޖިސްޓް ޝަހުދު ވިދާޅުވިއެވެ.

މެދުރާއްޖެތެރެ އާއި ދެނުކުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރި ނަމަވެސް ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށް ވެސް ވާރޭވެހޭ ވަގުތުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝަހުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި