Advertisement
ބެރިއެޓްރިކް ސާޖަރީގެ ހިދުމަތް ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އައިޖީއެމްއެޗް

ބަރުދަން ލުއިކުރުމަށް ކުރާ ބެރިއެޓްރިކް ސާޖަރީ އައިޖީއެމްއެޗުން ފަށައިފި

ގޮހޮރުގެ ބައެއް ބުރިކޮށްގެންނާއި ހަޖަމުކުރާ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ބަރުދަން ލުއިކުރުމަށް ކުރާ ބެރިއެޓްރިކް އަދި މެޓަބޮލިކް ސާޖަރީ އައިޖީއެމްއެޗުގައި ކުރަން ފަށައިފި އެވެ.

ބެރިއެޓްރިކް ސާޖަރީގެ އެކި ވައްތަރު ހިމެނެ އެވެ. އެގޮތުން ގޮހޮރުގެ ބައެއް ބުރިކުރުމަށްފަހު ކުރާ ސާޖަރީ އާއި ހަޖަމުކުރާ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ކާއެއްޗެހިން ހަށިގަނޑަށް ނިއުޓްރިއެންޓްސް ނަގާ މިންވަރު މަދުކުރުމަށް ކުރާ ސާޖަރީ ހިމެނެ އެވެ.

Advertisement

މި ބާވަތުގެ ސާޖަރީތައް ކުރަނީ އާދަޔާހިލާފަށް ބަރުހެލިވެފައި ތިބޭ މީހުންގެ އެވެ. އެ ސާޖަރީ ހެދުމުން ބަރުދަން ލުއިވުމުގެ އިތުރުން ޓައިޕް 2 ހަކުރުބައްޔާއި ކޮލެސްޓްރޯލް މަތިވުމާއި ލޭ މައްޗަށް ދިޔުން އަދި ބައެއް ބާވަތުގެ ކެންސަރާއި ހިތުގެ ބަލިތަކަށް ބޭސްކުރުން ނިމުމަކަށް ގެނެވެ އެވެ.

އައިޖީއެމްއެޗުން ބުނީ މި ސާޖަރީތައް އައިޖީއެމްއެޗުގައި ކުރަން ފެށުމަކީ ލޭ މައްޗަށް ދިޔުމާއި ހަކުރުބަލީގެ އިތުރުން ކޮލެސްޓްރޯލް މައްޗަށް ދިޔުން ފަދަ ބަލިތަކަށް ދާއިމީކޮށް ބޭސް ކާ މީހުންގެ ތެރެއިން ހަށިގަނޑުގެ ބަރުދަން އިންތިހާއަށް މަތިވެފައިވާ މީހުންނަށް ލިބުނު ވަރަށް އުއްމީދީ ހައްލެއް ކަމަށެވެ.

ބެރިއެޓްރިކް ސާޖަރީތައް ހެދުމުގެ ހިދުމަތް ދޭން ފަށާފައި ވަނީ އައިޖީއެމްއެޗްގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި