Advertisement
ކުރުނބާ ފަނި ހަދައިގެން ވިއްކާ ތަނުގައި ހުރި ކުރުނބާތަކެއް: އެތަނުގައި އުޅުނު ދެ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި --- ފޮޓޯ/ ފުލުހުން

ނިދާ ކޮޓަރީގައި ކުރުނބާ ފަނި ގިރައި, ވިއްކަމުން ދިޔަ ދެ ބިދޭސީން އިމިގްރޭޝަނަށް

ނިދާ ކޮޓަރީގައި، ކުރުނބާ ފަނި ގިރައި، ފިހާރަތަކަށް ކުރުނބާ ފަނި ފުޅި، ޑެލިވަރީ ކުރަމުން ދިޔަ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފިއެވެ.

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

Advertisement

ފުލުހުން ބުނީ، އެ މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައީ، އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރުމަށް ފަހުގައި ކަމަށެވެ.

ކުރުނބާ ފަނި ހަދައިގެން ވިއްކާ ތަނުގައި ހުރި ކުރުނބާތަކެއް: އެތަނުގައި އުޅުނު ދެ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި — ފޮޓޯ/ ފުލުހުން

އެގޮތުން، އެތަނުން ގިނަ އަދަދެއްގެ ކުރުނބާއާއި ހުސް ފުޅި ފެނުނު ކަމަށާއި އެ ތަނަކީ، ކުރުނބާއާއި ކުރުނބާ ފަނި ހަދައިގެން ފިހާރަތަކަށް ޑެލިވަރީކޮށްދޭ ތަނެއްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ، އެ ބިދޭސީން ދިރިއުޅުނު ތަނުގެ ފޮޓޯތަކެއް ވެސް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ވަރަށް ކުޑަކޮށް ހުރި އެ ތަނުގެ ތެރޭގައި ގިނަ އަދަދެއްގެ ކުރުނބާތައް ބަހައްޓާފައި ހުރީ އެމީހުން ލާން ގެންގުޅޭ ހެދުންތައް ކައިރީގައެވެ. އަދި، އެ މީހުން ގެންގުޅޭ ބައެއް ސާމާނުތައް އެތަނުގައި ބަހައްޓާފައި ހުރިއިރު، އެއީ އެހާ ސާފުތާހިރު ތަނެއް ނޫންކަން ފެނެއެވެ.

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީން ދިރިއުޅެމުން ދިޔަ ތަން: އެތަނުގައި ކުރުނބާ ފަނި ހަދައިގެން ބިދޭސީން ޑެލިވަރީ ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައި —- ފޮޓޯ/ ފުލުހުން

އެގޮތުން، ބައެއް ތަކެތި ބިންމަތީގައި ބަހައްޓާފައި ހުރިއިރު، އެ ތަނުގައި ދެ އެނދެއް ހުރުމުން އެމީހުން ނިދާ ހަދަނީ ވެސް އެތަނުގައި ކަމަށް ބެލެވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ރިޕޯޓުކުރުމަށް އެދިފައެވެ. އޭގެފަހުން، ހޮނިހިރު ދުވަހު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ، އެ އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރު ތެރޭ، ބިދޭސީން ގަވައިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭކަމަށް، 29 ވިޔަފާރިއެއްގެ ރިޕޯޓު އާންމުން ހުށަހަޅައިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފާސްކޮށް އެ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީންނަށް ވިޔަފާރިކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައެވެ. އެގޮތުން 34 ދާއިރާއަކުން ވިޔަފާރިކުރުން ބިދޭސީންނަށް މަނާވާނެއެވެ.

އޭގެ ތެރޭގައި އޮންލައިން ވިޔަފާރި ހިމެނޭހެން ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއާއި ކެފޭ ރެސްޓޯރަންޓު ހިންގުމާއި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްދިނުމާއި ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމާއި އަތްތެރި މަސައްކަތްކުރުމާއި ފޮޓޯ އަދި ވީޑިއޯގްރަފީގެ ޚިދުމަތްތަކާއި ގާނޫނީ ވަކީލުކަމުގެ ޚިދުމަތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް