Advertisement
އިބްރާހިމް ނަސްރީން: އޭނާއާއެކު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 143 އަށް ވަނީ އަރައިފަ -- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް އިން އިސްތިއުފާ ދިން ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރަކަށް

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިފަހުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް އައްޔަންކޮށްފި އެވެ.

ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީއެސްއެމްގެ ބޯޑު މީޓިންއެއްގަ އެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް ނަސްރީން އައްޔަން މި ހަފުތާގައެވެ.

Advertisement

ނަސްރީންއަކީ ޔޫތު މިނިސްޓްރީއަށް އައްޔަން ކުރި ފަސް ވަނަ ޑެޕިއުޓީ މިނިސްޓަރެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ދެން އައްޔަން ކޮށްފައި ހުރީ އަލީ އާމިރު، ފާތިމަތު ޒިޔާދާ، މުހައްމަދު އަސީލް އަދި އިބްރާހިމް އަލީ އެވެ.

އެއާއެކު ސަރުކާރުގެ މިނިސްޓްރީތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 143 އަކަށް އެރީ އެވެ. ޑެޕިއުޓީ މިނިސްޓަރުން އެންމެ ގިނައީ މިނިސްޓްރީ އޮފް ސިޓީސްގަ އެވެ. އެތަނުގައި 16 ޑެޕިއުޓީ މިނިސްޓަރުން ތިބެ އެވެ.

ނަސްރީންގެ ކުރިން މި ސަރުކާރުން ވަނީ ޕީއެސްއެމް ހިންގަން ދެ މީހަކު ހަމަޖައްސައިފަ އެވެ. އެއީ އެންމެ ފުރަތަމަ އައްޔަން ކުރި ޒީނާ ޒާހިރާއި ދެ ވަނައަށް އައްޔަން ކުރި މުހައްމަދު ސައީދު އެވެ. އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ޒީނާ އިސްތިއުފާ ދެއްވީ އޯގަސްޓު، 2024، ގަ އެވެ. އޭނާއަށް ފަހު އައްޔަން ކުރި މުހައްމަދު ސައީދު އިސްތިއުފާ ދެއްވީ ޑިސެމްބަރު، 2024، ގަ އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ނަސްރީން މަސައްކަތް ކުރެއްވީ ހަމަ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް