Advertisement

އެމްޑީޕީގެ ގައުމީ މަޖިލީސް ހޫނުވީ ރިޔާސަތުން ގޯސްކޮށް ވޯޓުގެ ހިސާބު ހެދުމުން: އަބްދުﷲ ޝާހިދު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވީ ރިޔާސަތު ބެލެހެއްޓެވި، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދަށް (މަދަނަ އިބްރޭ) ގޯސްތަކެއް ހެއްދެވުމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ތިން ނަމެއް ހުށަހެޅި ނަމަވެސް، ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އަހައި އެ ވޯޓުގެ އަދަދު ގުނި ގޮތާ މެދު ހިތްހަމަނުޖެހި ޖަލްސާ ހޫނުވިއެވެ. އަބްދުﷲ ވަހީދަށް ތާއިދުކުރި މެންބަރުން ގޮވަމުން ދިޔައީ އޭނާގެ ނަން ފާސްވާ ވަރަށް ވޯޓު ލިބުނު ކަމަށެވެ. ދެން ތިބި ފަރާތްތަކުން ގޮވަމުން ދިޔައީ އެ ނަން ފާސްނުވާ ކަމަށެވެ. ބައްދަލުވުން ހޫނުވުމުން ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ބައްދަލުވުން ނިންމާލިއެވެ.

Advertisement

އޭގެ ފަހުގައި ކަން ހިނގި ގޮތާއި ވޯޓުގެ ނަތީޖާ، ކޮންމެ މެންބަރަކު ވެސް ވޯޓު ދިން ގޮތުގެ ތަފްސީލް ވެސް ހިމަނައިގެން، ޕާޓީގެ ރައީސް ޝާހިދަށް އިބްރާހީމް ވަހީދު މިއަދު ރިޕޯޓެއް ވެސް އެރުވިއެވެ. އެ ރިޕޯޓު ބެއްލެވުމަށް ފަހު، ޝާހިދު ވެސް ވަނީ އިބްރާހީމް ވަހީދަށް އޭގެ ޖަވާބުގައި ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގެ ކޮޕީއެއް ‘ހަވާސާ’ނޫހަށް ވަނީ ލިބިފަ އެވެ.

ޝާހިދު ފޮނުއްވި ސިޓީގައިވާ ގޮތުން، އެ ރޭގެ ބައްދަލުވުމުގައި ކަން ހިނގި ގޮތަކީ:

  • ވޯޓު ނަގާ ނިމުމުން ޖަލްސާގައި ހާޒިރުވެ ތިބީ 96 މެންބަރުން ކަމާއި ރިޔާސަތުގައި އިންނެވި އިބްރާހީމް ވަހީދު ނުހިމަނާ 95 މެންބަރުން ކަމަށް އިއުލާންކުރެއްވިކަމުގައެވެ.
  • އޭގެ ފަހުގައި އަބްދުﷲ ވަހީދަށް ލިބުނީ 47 ވޯޓު ކަމާއި ވަގުތީ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ ވަހީދުގެ ނަން ފާސްވެއްޖެ ކަމަށް އިއުލާންކުރެއްވިކަމުގައެވެ.
  • ނަމަވެސް 95 މެންބަރުންގެ އަގުލަބިއްޔަތު ނުވަތަ ދެބައިކުޅަ އެއްބައި އެއީ 47 ނޫންކަން ފާހަގަކޮށް ގިނަ މެންބަރުންތަކެއް އެކަން ފާހަގަކުރަން ފެއްޓެވިއެވެ.
  • ބައެއް މެންބަރުން އިހުތިޖާޖު ކުރެއްވުމުން ރިޔާސަތުން އަނެއްކާވެސް ހިސާބު ހެއްދެވުމަށް ފަހު، ލިބުނީ 47 ވޯޓު ކަމާއި އަބްދުﷲ ވަހީދުގެ ނަން ފާސްނުވާ ކަމަށް އިއުލާންކުރެއްވިއެވެ.

    “ރިޔާސަތުން ދެ ފަހަރު ދެ ގޮތަކަށް އަމަލުކުރެއްވުމުގެ ސަބަބުން އެ ރޭގެ ޖަލްސާގެ ނިޒާމު ގެއްލި، ހަމަނުޖެހުމަކަށް ދިޔަކަން ޝާހިދުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެ ރޭގެ ޖަލްސާ ހަލަބޮލިވެ، ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވުމުން އެ ޖަލްސާ މެދުކަނޑާލެއްވިކަން ރިޔާސަތުން އިއުލާންކުރެއްވި” ޝާހިދުގެ ސިޓީގައިވެއެވެ.

    ޝާހިދު ވިދާޅުވީ އެ ޖަލްސާއަށް ފަހުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް އަބްދުﷲ ވަހީދު ނުކުންނެވުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންދެވި ކަމަށް ވިދާޅުވެ އޭނާގެ ސިޓީއެއް ވެސް ޝާހިދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

    އެހެންވެ، ވަގުތީ ޗެއާޕާސަނެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކުރުމަށް ފަހު، ބައްދަލުވުމެއް ބޭއްވުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަޝްވަރާ ދެއްވާ ކަމަށް ސިޓީގައިވެއެވެ.

    “މި ދަނޑިވަޅަކީ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއްކަމުން، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އަމަލު ނުކުރެއްވުމަށާއި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދެއްވުމަށް ވެސް އަޅުގަނޑު އިހުލާސްތެރިކަމާ އެކު އެދެމެވެ،” ޝާހިދުގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް