Advertisement
ކެފޭގައި ރޯވެގެން ލިބުނު ގެއްލުން: އެ ހާދިސާގައި ބިދޭސީއެއްގެ ފައި ފިހިފައިވޭ -- ފޮޓޯ/ އެމްއެންޑީއެފް

މާލޭގެ ކެފޭއެއްގައި ރޯވެ، ބިދޭސީއެއްގެ ފައި ފިހިއްޖެ

މާލޭގެ ކެފޭއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ.

މިއަދު 12:53 ހާއިރު، އެމްއެންޑީއެފުން ބުނީ، ހ. ވިލާ ޓީވީ ކައިރީ ހުންނަ އަލް-ޒައިކާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Advertisement

އޭގެފަހުން، 13:07ހާއިރު އެމްއެންޑީއެފުން ވަނީ، ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްވި ކަމަށް ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވެސް ހަރަކާތްތެރިވިކަން ފާހަގަކޮށް، އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް މިންވަރަކަށް ފިހުނު ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެ ހާދިސާގެ ފޮޓޯތަކެއް އެމްއެންޑީއެފުން ހިއްސާކޮށްފައިވާއިރު، އަލިފާނުގެ ހާދިސާގައި ކެފޭގެ ބަދިގެ ވަރަށް ބޮޑަށް އަނދައި، ބޭނުންނުކުރެވޭވަރުވެފައިވާ މަންޒަރު ފެނެއެވެ.

‘ހަވާސާ’އަށް ލިބިފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ކޮންމެވެސް މިންވަރަކަށް މީހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މިއަދު މާލޭގައި އިތުރު އަލިފާނުގެ ހާދިސާއެއް ވެސް ހިނގައިފަައިވެއެވެ. އެމްއެންޑީއެފުން ބުނީ، މ. މާމުޓާ ކިޔާ ފަޅު އިމާރާތެއްގައި ރޯވެގެން ފަތިހު 04:11 ހާއިރު ރިޕޯޓުކުރި ކަމަށެވެ. އެގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 04:46 ހާއިރު ކަމަށް ސިފައިން ބުނެފައިވެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ