Advertisement
ލަންކާ އެއާޕޯޓުގައި މިވަގުތު ގިނަ އަދަދެއްގެ ބަޔަކު ނުފުރި ތޮއްޖެހިފައި --- ފޮޓޯ: ކިޔުންތެރިއެއް

ފްލައިޓްތައް ކެންސަލްވެ، ލަންކާ އެއާޕޯޓްގައި ދިވެހިން ތާށިވެއްޖެ

ތޫފާން ޑިޓުވާގައި ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފްލައިޓުތައް ކެންސަލްވުމާއި ޑިލޭ ވުމުގެ ސަބަބުން ލަންކާގެ މައި އެއާޕޯޓުގައި ގިނަ އަދަދެއްގެ ދިވެހިން ތާށިވެއްޖެ އެވެ.

ލަންކާ އެއާޕޯޓުގައި މިވަގުތު ވެސް ނުފުރި 50 އަށްވުރެ ގިނަ ދިވެހިން އެބަތިބި ކަމަށް ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. މީގެ ތެރޭގައި ޗައިނާ ފަދަ ގައުމުތަކުން ރާއްޖެ އައުމަށް ކޮލަމްބޯގައި ޓްރާންސިޓުވި މީހުންނާއި ތޫފާނާއި ގުޅިގެން ލަންކާ ދޫކޮށް ރާއްޖެ އަންނަން މަސައްކަތްކުރާ އެ ގައުމުގައި ދިރިއުޅޭ މީހުން ހިމެނެ އެވެ.

Advertisement

“މާލެ ދާން އިން އެތި ޑިލޭ ވެގެން މި އުޅެނީ. އަހަރުމެން ވެސް މިހާރު 48 ގަޑިއިރު ވެއްޖެ. ބައިވަރު ދިވެހިން ބޭނުންވާނެ. ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުލިބޭ. ހޮޓަލެއް ވެސް ދެނީކީ ނޫން. ކާން ވެސް އެއްޗެއް ލިބުނީކީ ނޫން،” މި ނޫހާއި ވާހަކަދެއްކި މީހާ ބުންޏެވެ.

ތޫފާން ޑިޓުވާގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ލަންކާއިން މިހާތަނަށް 123 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 43،000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެ އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފަ އެވެ.

މި ކާރިސާގެ ސަބަބުން ގެއްލުން ލިބެމުން އަންނަ މީހުންނަށް އެހީތެރިވުމަށް ލަންކާއިން އަންނަނީ އެމަޖެންސީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމަށް ލަންކާ ސިފައިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބައެއް ކޯރުތައް ވެސް ވަނީ ބަންޑުންވެފަ އެވެ. އޭގެ ސަބަބުން މަގުތައް ބެދި މީހުން ސަލާމަތް ކުރުމަށް ވެސް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.

އާންމު ދިރިއުޅުމަށް އަސަރު ކުރުމުގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފަ އެވެ. އޭގެއިތުރުން ޓްރެއިން ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް