Advertisement

ތޫފާން ޑިޓްވާ ދަނީ ރާއްޖެއާ ދުރަށް، ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކުރާނެ: މެޓް

“ޑިޓްވާ” ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށާއި ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓުން ވިދާޅުވީ، ތޫފާން މިހާރު ދަތުރުކުރަމުންދަނީ ހއ. ތުރާކުނުގެ އިރު އުތުރުން ގާތް ގަނޑަކަށް 857 ކިލޯމީޓަރ ދުރުން ސްރީލަންކާގެ އުތުރު އައްސޭރި ފަށާއި ބޭ އޮފް ބެންގޯލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށާއި އެ ތޫފާނު ދަތުރުކުރާނެ ކަމަށް ލަފާކުރެވެނީ ހުނޅަގު އުތުރުން ރާއްޖެއާއި ދުރަށް ކަމަށެވެ.

Advertisement

މާދަމާގެ ހެނދުނުގެ ވަގުތެއްގައި އެ ތޫފާން އިންޑިއާގެ އުތުރުގެ ތަމިލްނާޑޫ، ޕޮންޑިޗެރީ އަދި ދެކުނު އަންދްރާ ޕްރަދޭޝްގެ އައްސޭރިފަށަށް މިސްރާބު ޖެހާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެއެވެ.

“ޑިޓްވާ” ތޫފާނުގެ ސަބަބުން ދެކުނު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގަދަވަޔާއެކު ދަނީ ގުގުރަމުންނެވެ. އެގޮތުން ތަމިލްނާޑޫ، ރަޔަލަސީމާ، އައްސޭރިފަށުގެ އަންދްރާ ޕްރަދޭޝް އަދި ޔަނަމަށް އިއްޔެއިން ފެށިގެން ޑިސެމްބަރު 2 އާ ދެމެދު ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާއިރު، މިއަދާއި މާދަމާ ކެރަލާ، މާހޭ، ތެލަންގަނާ އަދި ދެކުނު އިންޓީރިއާ ކަރްނާޓަކާއަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ތޫފާން އައްސޭރިއާ ކައިރިވަމުން އަންނާތީ، އާންމުން ހޭލުންތެރިވެ ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. އަދި މަސްވެރިން ބޭ އޮފް ބެންގާލްގެ އަސަރުކުރާ ސަރަހައްދުތަކަށް ނުނިކުތުމަށް އިރުޝާދު ދީފައިވެއެވެ. މި ތޫފާނަކީ ސައިކްލޯނިކް ސްޓޯމެއް ކަމަށާއި ނުރައްކާތެރި ތޫފާނެއް ނޫން ކަމަށް އިންޑިއާގެ ރީޖަނަލް ވެދާ ޑިޕާޓްމަންޓުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް