Advertisement

މެންބަރު ނާޒިމް ނެގި މުދާތަކަކަށް ފައިސާ ނުދައްކައިގެން ކޯޓަށް

އެޕޯލޯ ހޯލްޑިންގްސް އަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ދައްކަންޖެހޭ 485،211 ރުފިޔާ ނުދައްކައިގެން ކޯޓަށް ދިޔުމުން، ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެ ފައިސާ ދައްކަން އެއްބަސްވެއްޖެ އެވެ.

އެޕޯލޯ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ އެއީ ނާޒިމް ކްރެޑިޓަށް ނެގި މުދަލަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ. އެ ފައިސާގެ އިތުރުން ކޯޓަށް މައްސަލަ ހުށަހަޅަން ހަރަދުވި 25،000 ރުފިޔާ ހޯދަން ވެސް އެޕޯލޯ އިން އެދިފައިވެ އެވެ.

Advertisement

ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ނާޒިމްގެ ފަރާތުން އެދުނީ ފަސް ދުވަހަށް ބަހާލައިގެން ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެ ފައިސާ ދެއްކުމަށެވެ. އެގޮތަށް އެޕޯލޯއިން ވެސް އެއްބަސްވެފަ އެވެ. އެހެންވެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

އެކަމަކު، ކޯޓުން އެ މައްސަލަ ބޭރުކޮށްލީ، ސެޓްލްމަންޓު އެގްރިމެންޓާ އެއްގޮތަށް ނާޒިމް ފައިސާ ނުދައްކާ ނަމަ އެ މައްސަލަ އަނެއްކާ ވެސް ހުށަހެޅުމުގެ ހައްގު އެޕޯލޯއަށް އޮންނާނެ ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ނާޒިމްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާއަށް އަހަރެއްގެ ތެރޭގައި 2.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި ކުލީގެ ގޮތުގައި ލިބުނު 336،000 ރުފިޔާ ހިމެނެ އެވެ. އަދި އޭނާގެ ނަމުގައި މާލޭގައި ދެ ބިމާއި ހުޅުމާލޭގެ ފްލެޓަކާއި ގުރައިދޫގައި ބިމަކާއި މެލޭޝިޔާގައި ލަގްޒަރީ ފްލެޓެއް އޮވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި