Advertisement

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ފާސް ކޮއްފި

އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތާއީދާއެކު އެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓުދެއްވި އެވެ.

Advertisement

ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.

ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.

އެ ބިލުގައި ވާގޮތުން ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރާ އަދަދަށް ވެސް ބަދަލު އަންނާނެ އެވެ. އެގޮތުން:

  • 10،000 އާއި 25،000 އާ ދެމެދުގެ އަދަދަކަށް މީހުންގެ ރެޖިސްޓްރީ ކޮށްފައިވާ ސިޓީތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުން
  • 25،000 އާއި 50،000 އާ ދެމެދުގެ އަދަދަކަށް މީހުންގެ ރެޖިސްޓްރީ ކޮށްފައިވާ ސިޓީތަކަށް އިންތިހާބު ކުރާނީ 11 ކައުންސިލަރުން
  • 50،000 އަށްވުރެ ގިނައިން މީހުން ރެޖިސްޓްރީ ކޮށްފައިވާ ސިޓީތަކަށް އިންތިހާބު ކުރާނީ 15 ކައުންސިލަރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކާ ބެހޭ ބިލު މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް މަޖިލީހުގެ 10 މެންބަރަކު ވޯޓުދެއްވި އެވެ.

އެ ބިލުގައި މައިގަނޑު އިސްލާހެއްގެ ގޮތުގައި އޮތީ، ލޯކަލް ކައުންސިލް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ހުރި ބައެއް މާއްދާތަކުން “އަތޮޅު ކައުންސިލް” އުނިކުރުމެވެ. އޭގެއިތުރުން އެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގައި ތިބޭ މެންބަރުންގެ އަދަދަކީ ލާމަރުކަޒީ ގާނޫނުގައި ބަޔާން ކޮށްފައިވާ އަދަދު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް