Advertisement

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ދެވޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރިސޯޓު ހަދަން ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން އެވެ.

Advertisement

އޭނާ ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިން ނުވަތަ ފަޅު ސަރުކާރަށް ދޫކުރެވޭނެ އެވެ.

ރިސޯޓެއް ހަދަން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭނީ އެ ތަނެއް އެ ކުންފުންޏަކަށް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

ރިސޯޓެއް ތަރައްގީ ކުރުމަށް ފަޅެއް ނުވަތަ ރަށެއް ދައުލަތުގެ ކުންފުންޏަކަށް ދޫކުރެވޭނީ، އެ ކުންފުންޏަކީ ރިސޯޓެއް ތަރައްގީ ކުރުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއްކަން ޔަގީން ކުރުމަށްފަހުު ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

އެގޮތަށް ދޫކުރާ އެއްވެސް ތަނެއް، އެ ކުންފުންޏަކަށް ދޫކުރުމަށްޓަކައި ވެވޭ އެގްރީމެންޓުގެ ދަށުން ލިބޭ ހައްގުތައް އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ، ސަބްލީސް ނުކުރެވޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ދޫކުރާއިރު، އެ ތަނަކަށް ދައްކަންޖެހޭ އެކުއިޒިޝަން ފީ ސަރުކާރަށް ދައްކަން ޖެހޭނީ އެ ތަނަކާ ހަވާލުވާ ކުންފުންޏަކުންނެވެ. އެ ފީގެ އިތުރުން ވެސް މިނިސްޓްރީން ކަނޑައަޅާ އަދަދެއްގެ ފައިސާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަޝްރޫއުއަކަށް ހަރަދުކުރުމަށް މިނިސްޓްރީއަށް ޝަރުތު ކުރެވިދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ އިސްލާހުގައި ވާގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ރަށްރަށާއި ފަޅުތަކާއި ބިން ހަވާލުކުރެވޭނީ މަދުވެގެން ސަރުކާރުގެ 45 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި އެގޮތަށް ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ކުންފުންޏަކާ ހަވާލު ކުރުމަށްފަހު، އެކަމާ ބެހޭ ތަފުސީލީ މައުލޫމާތު އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރަން އެ ބިލުގައި ލާޒިމު ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް