Advertisement
މި އިސްލާހު ހުށަހެޅުއްވި މެންބަރު މީކާއިލް. އޭނާ ފުރިހަމަ ކުރައްވަމުން ގެންދަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައި ދެވަނަ ދައުރު --- ފޮޓޯ: މަޖިލިސް އިދާރާ

މަޖިލިސް ގޮނޑިތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ގޮނޑީގެ ތެރެއިން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާނުން ކަމަށް ބަލާ އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން ކަމަށް ވިދާޅުވެފަ އެވެ.

Advertisement

ޒުވާނުން ތަމްސީލު ކުރުމުގައި އޮތް ބޮޑު ފަރަގަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި އެއީ މި އިސްލާހު ހުށަހެޅި މައިގަނޑު ސަބަބު ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މީކާއިލް ވިދާޅުވި އެވެ.

“ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއި، ޓެކްނޮލޮޖީ އާއި މުއާސަލާތުގެ ވަސީލަތްތަކާއި ދުނިޔޭގެ ކަންކަމަށް ފުރިހަމައަށް ލޯ ހުޅުވިފައިވާ ބަޔަކީ ޒުވާނުން ކަމަށްވާތީ، މުސްތަގުބަލުގައި ގައުމު ކުރިއަށްގެންދާނެ ޒުވާނުންގެ މުހިންމު ކަންކަން ހަވާލުކުރުމުގެ މަރުހަލާތައް ނިޒާމީ ގޮތެއްގައި ފެށުން،” ބިލު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުގައި މީކާއިލް ވިދާޅުވި އެވެ.

އެ އިސްލާހުގައި ވާ ގޮތުން ޒުވާނުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅަން ޖެހޭ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހެ އެވެ. މީކާއިލްއަކީ މަޖިލީހުގައި ދެވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ މެންބަރެކެވެ.

ޒުވާނުންގެ އުމުރުފުރާއަކީ 18 އަހަރުން ފެށިގެން 35 އަހަރުން ދަށުގެ މީހުންނެވެ. މޯލްޑިވްސް ސްޓެސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި އެ އުމުރުފުރާއަށް ފެތޭ 117،076 މީހުން ރާއްޖޭގައި ދިރިއުޅެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް