Advertisement

މިއަދުގެ ރީތި ތާރީޚުގައި މާލޭގައި އެންމެ 18 ކައިވެނި

މިއަދުގެ ރީތި ތާރީޚު، 25-11-25 ގައި ކުރަން ތާވަލުކޮށްފައި އޮތީ އެންމެ 18 ކައިވެނި ކަމަށް، ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ.

ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނިކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެހެން ދުވަސްދުވަހު ކައިވެނި ނުކުރާ ވަރަށް ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރެވެ.

Advertisement

ފެމިލީ ކޯޓުން ބުނީ މިއަދު އަށާރަ ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން ހަތަރު ކައިވެންޏެއް ކޮށްދެނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި ސާދަ ކައިވެންޏެއް ކޮށްދެނީ ނުރަސްމީ ގަޑީގައި ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

އާންމު ދުވަސް ދުވަހަށްވުރެ ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރު ނަމަވެސް، މިއަދު ކޮށްދޭ ކައިވެނިތަކުގެ އަދަދު މަދެވެ.

އާންމުކޮށް ރީތި ތާރީޚުގައި ގިނަ މީހުން ކައިވެނިކުރަން ހުށަހެޅުމުން، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ގޮނޑިބަރި ޖަހާފައި ވެސް ހުރެއެވެ.

ފެމިލީ ކޯޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު 202 ކައިވެންޏެއް ކޮށްދިންއިރު، 113 ވަރި ވެސް ވަނީ ކޮށްދީފައެވެ.

ދުނިޔޭގައި ވަރި އެންމެ ގިނަ ގައުމަކީ ރާއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް