Advertisement

ދެ ގޮނޑި އިނގިރޭސިވިލާތުން ރާއްޖެއާ ހަވާލުކޮށްފި

އިނގިރޭސި ދައުލަތުގެ އިސްތިއުމާރީ ކަސްތޮޅުން ރާއްޖެ ނައްޓުވައިދިން އެއްބަސްވުމުގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި އެ ގައުމުން ރާއްޖެއާ ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިނގިރޭސި ސަރުކާރުގެ ފަރާތުން ދެ ގޮނޑި ހަވާލުކޮށްދެވީ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ. ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުالله ހަލީލު އެވެ.

Advertisement

މިފަދަ މާނަފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޖުލައި 26، 1965 ގައި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ދައުލަތުގެ ފަރާތުން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ވަޒީރުލްއައުޒަމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު އެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރު އެމްބެސެޑަރަކަށް ހުންނެވި މައިކަލް ވޯކާ އެވެ.

އެއްބަސްވުމުގައި ސޮއިކުރި ވަގުތު ނަގާފައިވާ ފޮޓޯއަކީ ދިވެހި ތާރީހުގައި މުހިންމު ފޮޓޯގަނޑެކެވެ. ނާސިރުގެ އިތުރުން އެ މަންޒަރުން ފެންނަނީ މިނިވަންކަން ހޯދުމުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީ އާއި ކަނޑި އަހުމަދު އިސްމާއީލް މަނިކު އަދި ކޮލިގޭ އަލީ އުމަރު މަނިކު (ކޮލި އަލި މަނިކު) އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް