Advertisement

މާލެ ސަރަހައްދުން 7500 ފްލެޓާއި 15000 ގޯތި ދޫކުރާ ސްކީމެއް

މި ސަރުކާރުގެ ‘ބޯހިޔާވަހިކަން އެންމެންނަށް’ ސިޔާސަތުގެ ދަށުން ‘އާއިލީ ބޯހިޔާވަހިކަން’ ޕްރޮގްރާމް އިފްތިތާހު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އެވެ.

Advertisement

ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި ޕްރޮގްރާމް ގެ ދަށުން ބޭންކް ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫއުތައް ހިންގޭނެ ކަމަށެވެ.

މިރޭ މި އިއުލާންކުރާ 7،500 ހައުސިން ޔުނިޓަކީ މި ދެންނެވި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ދޭނެ ޔުނިޓުތަކެއް. މީގެ ތެރޭގައި ފަގީރު ކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ކަމާގުޅޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ވެސް ހިމެނިފައިވާނެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

އާދިއްތަ ދުވަހުގެ ރޭ ތައާރަފްކުރި ‘އާއިލީ ބޯހިޔާވަހިކަން’ ޕްރޮގްރާމުގެ ދަށުން ތައާރަފު ކުރި ދެ ސްކީމަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރާ ސްކީމަކާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރާ ސްކީމެކެވެ.

މާލޭ ރަށްވެހިންގެ ކެޓެގަރީގައި ހިމެނެނީ، ފެށުނީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުންގެ އިތުރަށް ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެ ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށްވެ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ތެރެއިން ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

ހައުސިންގ މިނިސްޓްރީ އިން ބުނީ މި ސްކީމްގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެ އިން ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިން ނެވެ.

މި ޕްރޮގްރާމް އިފްތިތާހު ކޮށްފައިވާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނެ އުސޫލުތައް ވެސް އާންމު ކޮށްފައި ވެއެވެ. އޭގެ އިތުރުން ފްލެޓް ދޫކުރުމުގެ އުސޫލާއި ގޯތި ދޫކުރުމުގެ ސްކީމް އާ ގުޅޭ އުސޫލު ވެސް ވަނީ އާއްމު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް