Advertisement

ފުލުހުން ބުނީ ޑްރަގުގެ ބޮޑު އޮޕަރޭޝަން މުޅި ރާއްޖޭގައި ރޭ ފަތިހު ފަށާފައިވާ ކަމަށް

ގިނަ އަދަދެއްގެ ފުލުހުން ނެރެގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ބޮޑު އޮޕަރޭޝަން މުޅި ރާއްޖޭގައި ރޭ ފަތިހު ފަށާފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒުގެ ޕޯސްޓަށްފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ އޮޕަރޭޝަން ފެށީ ރޭ ފަތިހު 5:30 ގައި ކަމަށެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުން 100 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

“އޮޕަރޭޝަން އަލިމަގު”ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

“މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް،” ފުލުހުން ބުންޏެވެ.

ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް، ވެރިކަމަށް ވަޑައިގެންނެވީއްސުރެ މުއިއްޒު ގެންދަވަނީ ހަރު ބަސް ވިދާޅުވަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ކުށްކުރާ ގޭންގުތަކާއި ދެކޮޅު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ގާނޫނެއް ވެސް މި ސަރުކާރުން ވަނީ ހަދާފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ބޮޑު އޮޕަރޭޝަން ގައި ގޭންގު ގާނޫނުގެ ބޭނުން ފުލުހުން ހިފާނެ އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. އެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން ޖުލައި މަހު މުއިއްޒު އެންގެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް