Advertisement

ޑްރަގު ފެނުނު ބޯޓުގައި ތިބި ފަސް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 350 ކިލޯއަށްވުރެ ގިނަ ޑްރަގާއެކު އަތުލައިގަތް ލަންކާގެ މަސް ބޯޓުގައި ތިބި އެ ގައުމަށް ނިސްބަތްވާ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގައި ހައްޔަރުކުރި އެ ފަސް މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައަކީ ގިނަ ބަޔަކު ޝާމިލުވެގެން ކުށްކުރާ ނޯޓުވޯކަކުން ހިންގާފައިވަ ކުށެއް ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

މައްސަލައަ ގުޅިގެން ހައްޔަރުކޮށް ޝަރިއަތް ނިމެންދެން ބަންދުކުރި ފަސް މީހުން:

  • ކޭ އެން އައި ޕެއިރިސް، 39
  • ސިންގައްޕުލިގެ ނިމަލް ރަންޖިތު، 63
  • ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34
  • މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ، 42
  • ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ، 28

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާގެ އެ މަސް ބޯޓު ބަލައި ފާސްކުރިއިރު 355.9 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ 24 ގޯނި ފެނިފައިވަ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 58.6 ކިލޯގެ ހެރޮއިން އާއި 297.3 ކިލޯގެ މެތަމްފެޓަމިން އެވެ.

ސްރީލަންކަގެ ނޫސްތަކުން ބުނާ ގޮތުގައި ޑްރަގާއެކު ލަންކާގެ މަސް ބޯޓު ރާއްޖެއަށް އެތެރެވިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ދިނީ ސްރީލަންކާގެ ނޭވީންނެވެ.

ލަންކާއިން ފޯރުކޮށްދިން މައުލޫމާތާއެކު އެމްއެންޑީއެފް އިން ވަނީ ޑްރޯން ބޭނުންކޮށްގެން އެ ބޯޓު އަތުލައިގަނެ، އޭގައި ތިބި މީހުންނާއި ބޯޓުގައި ހުރި ތަކެތި ބެލުމުގެ ދަށަށް ގެނެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް