Advertisement

ފުވައްމުލަކު ފެނުގެ ކާރިސާ: ހީނާ ވިދާޅުވީ މައްސަލަ ހައްލު ކުރެވި ހައެއްކަ ގަޑިއިރު ތެރޭގައި ފެން ދޫކުރެވޭނެ ކަމަށް

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ދިމާވެ، ތަޣައްޔަރުވި މައްސަލަ ހައްލުކޮށް ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި އަލުން ހިދުމަތް ދޭން ފެށޭނެ ކަަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދުގެ ދަށުން ފުވައްމުލަކުގެ މުޅި ފެނުގެ ނިޒާމު ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

Advertisement

“ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ،” ހީނާ ލިޔުއްވާފައިވެ އެވެ.

ފެން ކަނޑާލަން ޖެހުމާއެކު، ފުވައްމުލަކުގައި ފެނަށް ޖެހިފައިވާ މައްސަލަ ހައްލުކުރަން މިހާރު މާލެއިން ވެސް ވަނީ ފެން ކޭސް ގެންގޮސްފަ އެވެ. އެގޮތުން މިހާތަނަށް 3،800 ފެން ކޭސް ގެންގޮސް، 1،200 ފެން ކޭސް ރައްޔިތުންނަށް ދޫކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަލުން ފެން ދޫކުރަން މަދުވެގެން ދެ ދުވަސް ނަގާނެ ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ރަށުގެ ފެނުގެ ހިދުމަތަށް ދިމާވަމުންދިޔަ މައްސަލަތައް ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެވުނު ކަމަށާއި. އެގޮތުން އެންމެ ފަހުން، މި ހިނގާ ނޮވެމްބަރު 4، ގައި ރައީސް މުހައްމަދު މުއިއްޒު ފުވައްމަލަކަށް ކުރެއްވި ދަތުރުގައި ވެސް އެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން އެދުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް