Advertisement

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

ފުވައްމުލައް ސިޓީގެ ގެތަކަށް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ދެމުންދާ ސަޕްލައިން ފެން ދިނުން ހުއްޓުވީ މީގެ 6 ދުވަސް ކުރިން އެ ސިޓީ އަށް އެޗްޕީއޭގެ ޓީމެއް ގޮސް ކުރި ޓެސްޓްތަކުން ފެން ބޭނުން ކުރުން އެކަށީގެން ނުވާކަން ކަށަވަރު ކުރުމަށްފަހު އެވެ. ނަމަވެސް މިހާތަނަށް އައި އިރު އެޗްޕީއޭ އިން މިކަމާއި ގުޅޭ އެއްވެސް އެއްޗެއް ހާމަ ކޮށްފައި ނުވެ އެވެ.

Advertisement

ފުވައްމުލައް ސިޓީ ފެނަކަ އޮފީހުން ހޯމަ ދުވަހު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ފެނުގެ ނެޓްވޯކް ސާފު ކުރުމަށްޓަކައި ހައި ޑޯޒެއްގެ ކުލޮރިން ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ފެން ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ނިމުމުން އެކަން އިއުލާނު ކުރެވޭނެ ކަމަށެވެ.

ފުވައްމުލައް ސިޓީ ފެނަށް ޖެހި ބޮޑު ކާރިސާއަކާ ދިމާވެފައިވާ އިރު މިހާތަނަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލެއް ހާމަ ނުކުރެ އެވެ. އަދި ސީޓީ ކައުންސިލް ވެސް އެއްވެސް ކަމެއްގައި ބައިވެރި ކޮށްފައި ނުވެ އެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަޕްލައި ފެނުުގައި މައްސަލަތަކެއް އުޅޭކަން އެނގޭތާ އެތައް ދުވަހެއްވީ އިރު ވެސް، އެމައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ފެނަކަ ކޯޕަރޭޝަން ނުކުޅެދި، ފުވައްމުލަކުުގެ ގޭބިސީ ތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އަަސާސީ ހައްގަކުން މަހުރޫމު ކުރެވިފައި ކަމަށެވެ.

 

ޝާހިދު ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރި ކުރުމާއި، ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލް ވެފަ އެވެ. ދެއްކުންތެރިކަން އިސްކުރާ ނާޤާބިލް ސަރުކާރެއްކަން މި އަންނަނީ ފަޅާ އަރަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ. ފުވައްމުލަކާއި އަދި އެހެން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި ވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުން ދާއިރު ސަރުކާރު އޮތީ ނިދާފައިތޯ ޝާހިދު ސުވާލު އުފެއްދެވި އެވެ.

ޝާހިދު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި