Advertisement

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށްގޮސްފި

ބާސެލޯ މޯލްޑިވްސް ރިސޯޓު ފުއްޓަރުފަރާތާ ދިމާ ބޭރުގައި އެކްސްކާޝަނަށް ގޮސް އުޅުނު ދެ ދޯނި ޖެހި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އެތަނުން އެއް ދޯނި އަޑިއަށް ގޮސްފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެކްސިޑެންޓުވި އެއް ދޯންޏަށް ލިބުނު ގެއްލުމުގެ ސަބަބުން އަޑިއަށް ގޮސްފައިވާ ކަމަށެވެ.

Advertisement

“މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވޭ. މި އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ސަބަބުން އެއް ދޯނި ވަނީ އަޑިއަށް ގޮސްފައި،” ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަޑިއަށްދިޔަ ދޯނީގައި ތިބި މީހުން ވަނީ އެކްސިޑެންޓުވި އަނެއް ދޯންޏަށް އަރުވައި ސަލާމަތްކޮށްފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް