Advertisement
ތައިބާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލުމުން ލިބިފައި ހުރި ގެއްލުންތަކެއް.-

ދެ މިސްކިތަކަށް ގެއްލުން ދީފި، އެކަކު ހައްޔަރަށް

އައްޑު ހިތަދޫގެ މިސްކިތަކަށާއި މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައެއް ހެނދުނު 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

އެ މައްސަލައިގެ ތަހުގީގަށް ކުށުގެ ވެށިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24، އެވެ.

ހިތަދޫ މިސްކިތަށް އިއްޔެ ގެއްލުން ދީފައި. — ފޮޓޯ: މިޝްކާތު ފައުންޑޭޝަން

އައްޑޫ ހިތަދޫގެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް ވެސް އިއްޔެ ހަވީރު 5:40 ހާއިރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.

“މިޝްކާތު ފައުންޑޭޝަން” ނަމަކަށް ކިޔާ ޕޭޖަކުން ފޭސްބުކްގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަސްޖިދުލް އުމަރުލް ފާރޫގުގެ އެތެރޭގައި ބަހައްޓާފައި ހުރި ބައެއް ގުރުއާން ހަތިމްތަކަކާއި ގޮނޑިތަކާއި ފެން ފުޅިތައް ވެސް ހުރީ މިސްކިތް ތެރެއަށް އުކާލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް