Advertisement
ރައީސް މުއިއްޒު ފުވައްމުލަކުގައި އަލަށް ބެހެއްޓި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދަތުރުގައި އައްޑު އާއި ފުވައްމުލަކުގައި ހުޅުވި އޭޓީއެމްތަކުގެ ހިދުމަތް ގަވާއިދުން ނުލިބޭ ކަމުގެ ޝަކުވާ

ރައީސް މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުގެ ތެރެއިން ހުޅުވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ތަކުން ގަވާއިދުން ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އެ ސިޓީތަކުގެ ރައްޔިތުން ކުރަން ފަށައިފި އެވެ.

ރައީސް މުއިއްޒުގެ ދަތުރުގެ ތެރެއިން ފުވައްމުލަކުގައި ބީއެމްއެލް ގެ ޑޮލަރު އޭޓީއެމް އެއް ހުޅުވީ ނޮވެމްބަރު 4، ގަ އެވެ. އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ޑޮލަރު އޭޓީއެމް އެއް ހުޅުވީ ޖެހިގެން އައި ދުވަހު އެވެ. އޭޓީއެމްތައް ހުޅުވުމަށް އެ ދެ ދުވަހު ސަރުކާރާއި ބީއެމްއެލްގެ ވެރިންނާ އެކު ހަފުލާތަކެއް ވެސް ބޭއްވި އެވެ.

Advertisement

ނަމަވެސް، އޭގެ ފަހުން އެ ދެ އޭޓީއެމް އިން ހިދުމަތް ނުލިބިގެން އާންމުން ވަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި ރައީސް ރަށުން ފޭބުމާއެކު އޭޓީއެމް އިން ހިދުމަތް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ފުވައްމުލަކު ޑޮލަރު އޭޓީއެމް އިން ހިދުމަތް ނުލިބިގެން މީހަކު، އޭޓީއެމް ހުޅުވި ދުވަހާއި ޖެހިގެން އައި ދުވަހު ޕޯސްޓުކޮށްފައިވެ އެވެ. އައްޑޫ އޭޓީއެމް އިން ހިދުމަތް ނުލިބޭ ކަމަށް ބުނެ ރޭގެ ވަގުތެއްގައި މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ.

މީގެ އިތުރުން ވެސް، ރައީސްގެ ދަތުރުތަކުގައި އެކި ރަށްރަށުގައި ހުޅުވާ އޭޓީއެމް ތަކުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުލިބޭ ކަމަށް ޝަކުވާ އާއި މަލާމާތުގެ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ކުރައްވާ މައިގަނޑު ކަމަކީ ގިނަ ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އެމަނިކުފާނު ވަނީ ރައްދު ދެއްވާފަ އެވެ.

އޮގަސްޓު މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ