Advertisement

ކުޑަހުވަދޫން 224 ބަނގުރާފުޅި ނައްތާލައިފި

ދ. ކުޑަހުވަދޫން 224 ބަނގުރާފުޅި ނައްތާލާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ނައްތާލެވުނު ބަނގުރަލުގެ ތެރޭގައި 224 ބަނގުރާފުޅީގެ އިތުރުން 260 ބަނގުރާދަޅު ނައްތާލެވުނު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 15އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދ. އަތޮޅު އެއަރޕޯޓުން އެކި ޤައުމުތަކަށް ފުރުމަށްދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ހިފައްޓައި، ފުލުހުންނާއި ހަވާލުކުރެވިފައިވާ ތަކެތިކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

މިފަދަ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ބެނެވޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރަނީ އެކަމަށް ހެދިފައިވާ ޤަވައިދުތަކުގެ ދަށުންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް