Advertisement
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: އޭނާގެ ދެ ކުންފުންޏަށް 228 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު މިއަދު ހަވާލުކުރި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަހާލި ޕްރޮޖެކްޓުތައް: މެންބަރު ސައުދުﷲގެ ދެ ކުންފުންޏަށް 228 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު

ބީލަމަކަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏަކަށް ޖުމްލަ 228 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ދީފި އެވެ.

މި ނޫހުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ސައުދުﷲ ގެ މިމްސް ކޮންސްޓްރަކްޝަން އަށް ދެ މަޝްރޫއެއް އަދި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ފަސް ޕްރޮޖެކްޓެއް ހަވާލުކޮށްފައިވެ އެވެ. މި މަޝްރޫއުތަކުގެ އަގުގެ ގޮތުގައި މިމްސް އަށް 71.6 މިލިއަން އަދި ސްވިފްޓް އަށް 157.3 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

Advertisement

މިމްސް ކޮންސްޓަރަކްޝަންއާ ހަވާލުކުރީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ވާދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށެވެ. ސްވިފްޓު އިންޖިނިއަރިންނާ ހަވާލުކުރި ފަސް މަޝްރޫއަކީ؛

  • ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު – 64.79 މިލިއަން ރުފިޔާ
  • ށ. ފުނަދޫގައި ޔުނިވާސިޓީ ކެމްޕަހަކާއި ދަނާލެއް – 23.1 މިލިއަން ރުފިޔާ
  • ޅ. ނައިފަރުގައި ކެމްޕަހަކާއި ދަނާލެއް – 23.1 މިލިއަން ރުފިޔާ
  • ޅ. ހިންނަވަރުގައި ކެމްޕަހަކާއި ދަނާލެއް – 23.1 މިލިއަން ރުފިޔާ
  • ތ. ވޭމަންޑޫގައި ކެމްޕަހަކާއި ދަނާލެއް – 23.1 މިލިއަން ރުފިޔާ

ސައުދުﷲ އަކީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރެކެވެ. އޭނާގެ ދެ ކުންފުންޏަކީ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް މީގެ ކުރިން ވެސް ކުރަމުން އަންނަ ދެ ކުންފުންޏެވެ. އެ ދެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެސް ސައުދުﷲ އެވެ.

މިއަދު ބަހާލި 206 މަޝްރޫއުގެ ޖުމުލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ޔަގީންކަން ދީގެން، ބީއެމްއެލްއިން ކުންފުނިތަކަށް ދޭ ލޯނުންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ.

ބަހާލި މަޝްރޫއުތައް


ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް