Advertisement
ބާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ބާ ކައުންސިލަށް އެސްޖީއެއް ހޯދަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ ބާ ކައުންސިލް

ބާ ކައުންސިލަށް އެސްޖީއެއް ހޯދަނީ، މުސާރަ 40500 ރުފިޔާ

ރާއްޖޭގެ ބާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އެ ކައުންސިލުން އިއުލާންކޮށްފިއެވެ.

ބާ ކައުންސިލަށް އެސްޖީއެއް ހޯދަން އިއްޔެ ކުރި އިއުލާނުގައި ވަނީ، އެ މަގާމު އުޖޫރައަކީ މަހަކު 40,500 ރުފިޔާ ކަމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ދޭ 20,500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 14,000 ރުފިޔާއާއި ސާވިސް އެލަވަންސްގެ ގޮތުގައި ދޭ 5,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި ދޭ 1,000 ރުފިޔާއެވެ.

Advertisement

އެ އިއުލާނުގައިވާ ގޮތުން ބާ ކައުންސިލުގެ އެސްޖީގެ މަގާމަށް މީހަކު އައްޔަންކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެން ނަމަވެސް، މަސައްކަތުގެ ފެންވަރަށް ބަލައި، އެސްޖީއަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ބާ ކައުންސިލުން ވަނީ، ޝަރުތުތައް ފުރިހަމަވާ މީހުން މި މަހުގެ 25 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބާ ކައުންސިލަށް އީމެއިލް ކުުރުމަށް އެދިފައެވެ

ބާ ކައުންސިލުގެ އެސްޖީގެ މަގާމުގައި މި ވަގުތު ހުންނެވީ މުޙައްމަދު ނިޝާތެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް