Advertisement
13 އެޕްރީލް 2023، ޕާކިސްތާނުން ރާއްޖެ އައި ޕަސިންޖަރެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ---- ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރައްޓެއްސަކު 15000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ހަވާލުވި ލަގެޖުގައި ޑްރަގު

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ލަގެޖަކާ ހަވާލުވީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ކަމަށް ދިވެހި ޒުވާނަކު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ޑްރަގު ހުރި ލަގެޖާ ހަވާލުވީ، ޏ.ފުވައްމުލައް-މާލެގަން، ބުރެވިމާގޭ އަލީ ޝަހުދު 26އ އެވެ.

Advertisement

އޭނާގެ ބަންދު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

ބަންދު މަޖިލީހުގައި އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވީ އެ މީހާ ހަވާލުވި ލަގެޖު ފޮށީގައި ފޮރުވައިފައިވާ ބައެއް ނުވަތަ “ފޯލްސް ބޮޓަމް”އެއް ހުރި ކަމަށާއި އެ ބައިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭގައި ހުރީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމުން، އެ ލަގެޖަކީ ރައްޓެއްސަކު 15،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ހަވާލުވި ފޮއްޓެއް ކަމަށް އެ މީހާ ބުނި ކަމަށެވެ. ނަމަވެސް އެ ލަގެޖާ ދެން ހަވާލުވާނެ މީހަކު ބަލަން “ކޮންޓްރޯލް ޑެލިވަރީ”އެއް ކުރަން އޭނާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށާއި ފޯނުގެ ޕާސްވޯޑް ވެސް ކިޔައިދީފައިވަނީ ނުބައިކޮށް ކަމަށެވެ.

ދިފާއުވުމަށް ޝަހުދުގެ ފަރާތުން ބުނީ، އެއްބާރުލުން ދީފައިނުވަނީ ފުލުހުން އަމަލުކުރި ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް