Advertisement

އިންޑިއާގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

އިންޑިއާއަށް ފައިސާ ފޮނުވަން ދަތިވާ މައްސަލައިގައި ހައްލެއް ހޯދައި ދިނުމަށް އެދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފި އެވެ.

އިންޑިއާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޓީޗަރުން ސޮއިކޮށްފައިވާ މި ޕެޓިޝަނުގައި ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާ މީހުން ސޮއިކުރި އެވެ.

Advertisement

އެ ޕެޓިޝަންގައި ބުނެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލޭ ބްރާންޗުން މިި މަހުގެ 25، އިން ފެށިގެން މުސާރަ ފޮނުވަން ދިވެހި ރުފިޔާ ދިނުމުން ލިބޭ ޑޮލަރުގެ އަދަދު 150 އަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

އެސްބީއައިގެ އެ ނިންމުމާއެކު ރާއްޖޭގައި މަސައްކަތްކުރާ އެތައް ހާސް އިންޑިއާ މުވައްޒަފުންނަކަށް ގައުމަށް ޑޮލަރު ފޮނުވަން ދިމާވެފައިވާ ދަތިތަކާއެކު އިންޑިއާގައި ތިބި އެ މުވައްޒަފުންގެ އާއިލާތަކަށް ދަތިތައް ދިމާވަމުންދާ ކަމަށް ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.

“އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގައި ދިރިއުޅޭ އާއިލާ މެންބަރުންނަށް ގަވާއިދުން ޑޮލަރު ފޮނުވާ މީހުން. ކަނޑައަޅާފައިވާ ލިމީޓަކީ އާއިލާތަކަށް އެންމެ އަސާސީ ބޭނުންތައް ވެސް ފުއްދަން ވަރަށް ކުޑަ ލިމިޓެއް،” ޕެޓިޝަންގައި އިންޑިއާ މުވައްޒަފުން ބުންޏެވެ.

އެސްބީއައި އިން އިންޑިއާ މީހުންނަށް ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރީ އެ ބޭންކަށް ޑޮލަރު ލިބުން ތާށިވެފައިވާތީކަން އެނގޭ ކަމަށް ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.

އެގޮތުން ޕެޓިޝަންގައި އިންޑިއާ މުވައްޒަފުން ރައީސްގެ އަރިހުން އެދިފައިވަނީ އެމްއެމްއޭ އާއި އެސްބީއައިއާ މަޝްވަރާކޮށްގެން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ.

އެސްބީއައި އިން އިންޑިއާ މީހުންނަށް ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓު ކުޑަކުރުމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެކަމަށް ހައްލެއް ގެނައުމަށް ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭހެން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެސްބީއައިގެ ރުފިޔާ-ރުޕީސް ރެމިޓަންސްގެ ދަށުން މުސާރަ ފޮނުވާއިރު، ދިވެހި ރުފިޔާއިން ޖަމާކުރުން އިންޑިއާ ރުޕީސްއިން އެ ފައިސާ އިންޑިއާގައި ހުންނަ އެކައުންޓުތަކަށް ޖަމާކޮށްދެމުން ދިޔަ އެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނާއި އެމްޕްލޯޔަރުންނަށް ވެސް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އެ ބޭންކުން ކުރަމުން ދިޔަ ކަމެކެވެ.

ނަމަވެސް އާ ބަދަލުތަކާއެކީ، އެސްބީއައިއިން ފޮނުވޭނީ 2،313ރ. އާ ހަމައަށެވެ. ބާކީ މުސާރަ ފޮނުވަން ބޭނުން ނަމަ ޖެހޭނީ ބޭންކަށް ޑޮލަރު ޖަމާކުރާށެވެ. މި ގޮތަށް ޑޮލަރު ލިބެން އޮތް ހަމައެކަނި މަގަކީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުމެވެ. މިހާރު ހުރި ރޭޓުތަކުގައި، މާރުކުރަން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހޭނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 30،000 ގާތްކުރާ އަދަދަކަށް އިންޑިއާ މީހުން މަސައްކަތް ކުރެ އެވެ. އިންޑިއާ މީހުން އެންމެ ގިނައީ ކޮންސްޓަރްޝަނާއި ޓޫރިޒަމާއި ފިނޭންސް ދާއިރާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް