Advertisement

އެއަރޕޯޓުން ފޭރުން: ބަންދުކުރި މީހުންގެ މީހުންގެ ބަންދަށް ފަސް ދުވަސް

މާސްކް އެޅި ބަޔަކު އިއްޔެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ލ.މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް، 20، އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 24، އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، 30 އެވެ.

Advertisement

ފައިސާ ފޭރުނު މީހުން އެއާޕޯޓުން ފިލީ ލޯންޗެއްގަ އެވެ. އެ ލޯންޗު ވެސް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރެވެ. އެ ވަގުތު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީއެއް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ވީއައިއޭގެ ބައު ޓާމިނަލުން މި އަހަރު ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ.

ޑޮލަރުތައް ހުރި ބްރީފް ކޭސް ޖަހައިގަތީ ދެ ޓާމިނަލު ދެމެދު އޮންނަ ވޯކްވޭ އިން ކަމަށް މައުލޫމާތު ލިބެ އެވެ. ބެލެވޭ ގޮތުގައި މިއީ ރޭވިގެން ހިނގި ވައްކަމެކެވެ. މިއީ މި ފަހުން ރޭވިގެން މިފަދައިން ހިނގި ދެވަނަ ވައްކަމެވެ.

އެގޮތުން މި އޮކްޓޯބަރު 8، ވަނަ ދުވަހުގެ ރޭ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓުގެ ވަނީ ވަގަށް ނަގާފަ އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ.

އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް