Advertisement
އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަން އިން އަނެއްކާވެސް ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

އިމިގްރޭޝަނުން އަންނަ ހޮނިހިރު ދުވަހު، 70 މުވައްޒަފުން ހޯދުމަށް ވޯކް އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

ވޯކްއިން އިންޓަވިއު އަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއުތަކެކެވެ.

Advertisement

މި އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 08:30 އިން 16:30އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސުކޫލުގައެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންނަކީ، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑެއް ލިބިފައިވާ މީހުންނަށް ވާންޖެހެއެވެ. ހަމައެހެންމެ، ހަޔާ ސެކަންޑްރީ ސްކޫލް އިމްތިހާނުގައި ‘ދިވެހިން’ ދަށްވެގެން “ސީ” ގްރޭޑު ލިބި ނުވަތަ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓް ތިނެއް ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހެއެވެ.

އެ މީހަކީ، އަންނަ ނޮވެންބަރު އެކަކަށް 30 އަހަރު ވެފައިނުވާ މީހަކަށް ވާންޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެ އިންޓަވިއުއަށް ދާއިރު ގެންދަން ޖެހެނީ ފުރިހަމަކޮށްފައިވާ ޖޮބް އެޕްލިކޭޝަން ފޯމާއި ސީވީއާއި އައިޑީ ކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތަކެވެ.

މި މަގާމަށް އަސާސީ މުސާރައަށް 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ.

މިދިޔަ މެއި 25ގައި، 50 ވަޒީފާއަށް މީހުން ހޯދުމަށް އިމިގްރޭޝަނުން ވޯކްއިން އިންޓަވިއުއެއް ބޭއްވިއެވެ. އެ އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ އިންޓަވިއުގައި 876 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އޭރު ޖުމުލަ 200 ޓްރެއިނީ އޮފިސަރުން ނަގަން ނިންމަފައިވާއިރު، އިތުރު 150 މީހުން އެމަގާމުތަކަށް އަދި ނަގާނެ ކަމަށް ކުރިން އިމިގްރޭޝަނުގެ އޮފިޝަލަކު ‘ހަވާސާ’އަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް